އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކުޅުދުއްފުށިން ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.
އަބަދުވެސް ސިޔާސީ ގޮތުން ތަފާތު ކުޅުދުއްފުށީ ސިޓީއިން މިއަދުވެސް ރައީސް ސާލިހު މި ސިޓީއަށް ވަޑައިގެންނެވުމާއެކު ގަދަފަދަ އެ ދެންނެވި މަރުހަބާއިން، އެ ސިޓީއަކީ ސިޔާސީ ހަރަކާތް ހިންގުމަށް ނަމޫނާ ސިޓީއެއްކަން ވަނީ ޔަގީންކޮށްދީފައެވެ.
ރައީސް ސާލިހު މި ސިޓީއަށް ވަޑައިގަންނަވާތީ، ދެހާހަށްވުރެ ގިނަ ރައްޔިތުން ވަނީ ދިގު ސަފަކަށް އަތުރާލައިފައިވާއިރު، އެ ދިގު ސަފުގައި ތިބި ރައްޔިތުންނާ ސަލާމްކުރެއްވުމަށް ރައީސް ވަނީ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ހޭދަކުރައްވައިފައެވެ.
މިތަފާތު މަރުހަބާއާއެކު މިފަހަރުގެ ކެމްޕޭނުގައި ކެންޑިޑޭޓަކަށް ލިބުނު އެންމެ ބޮޑު ތާއީދަށް ކުޅުދުއްފުށި ސިޓީން ރައީސް ސާލިހަށް ދެންނެވި މަރުހަބާ މިވަނީ ވެފައެވެ.
ރައީސް ސާލިހު މި ސިޓީއަށް ވަޑައިގަންނަވާތީ، ދެހާހަށްވުރެ ގިނަ ރައްޔިތުން ވަނީ ދިގު ސަފަކަށް އަތުރާލައިފައިވާއިރު، އެ ދިގު ސަފުގައި ތިބި ރައްޔިތުންނާ ސަލާމްކުރެއްވުމަށް ރައީސް ވަނީ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ހޭދަކުރައްވައިފައެވެ. މިތަފާތު މަރުހަބާއާއެކު މިފަހަރުގެ ކެމްޕޭނުގައި ކެންޑިޑޭޓަކަށް ލިބުނު އެންމެ ބޮޑު ތާއީދަށް ކުޅުދުއްފުށި ސިޓީން ރައީސް ސާލިހަށް ދެންނެވި މަރުހަބާ މިވަނީ ވެފައެވެ.
ކުޅުދުއްފުށިން މިއަދު ރައީސަށް ދައްކާލި ވަރުގަދަ ތަރުހީބުން ފެނިގެންދިޔައީ މި ސިޓީ އެއް ބުރުން އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށް ތިބި ކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ސޯޝަލްމީޑިޔާގައިވެސް އެކި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.
ކުޅުދުއްފުށި ސިޓީން ފެނިގެންދިޔައީ ރީނދޫ ލަޝްކަރެކެވެ. ރައްޔިތުންގެ ފިކުރާއި ތާއީދު ދައްކާލީ ކުދިބޮޑު އެންމެން، އުމުރަކަށް ބެލުމެއްނެތި އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާއާ ހަމައަށްވެސް އަދިވެސް ބަދަލެއް ނެތި، އެމްޑީޕީއާއެކު ތިބި ތަނެވެ. މިއީ ރޫޅާނުލެވޭނެ ކަމުގެ އިންޒާރެއްކަމަށް އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ހާމަކުރަމުންދާ ފަދައިން އެސިޓީން ވެސް ވަނީ މިއީ އެފަދަ ގަދަފަދަ އިންޒާރެއްގެ މަންޒަރުތައް ކަމަށް ބުނެފައެވެ.
ރިޔާސީ އިންތިހާބަށް ވަގުތުކުޑަތަން ވަމުން އަންނައިރު ކެމްޕެއިންތަކުގެ ރޫހާއި ޖޯޝާއި ފޯރިވެސް މިދަނީ ވަގުތަކަށްވުރެ ވަގުތެއް ގަދަވަމުން ހޫނުވަމުންނެވެ.
އެގޮތުން ރައީސް ސާލިހަށް މިއަދު ކުޅުދުއްފުށިން މިދެންނެވި މަރުހަބާ އަކީ ޔަގީނުންވެސް ތާރީހުގައި ލިޔެވޭފަދަ ވަރުގަދަ މަރުހަބާއެކެވެ.