ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ ދައުރުން ބޭއްވި ރޭގެ ޖަލްސާގައި އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، މިރޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއެކު އެ ބިލުގެ އިބްތިދާއީ ބަހުސް ބޭއްވުމަށް އޮންނާނީ މިމަހު 17 ވަނަ ދުވަހު ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން އަޑުގަދަ ކުރާ އަޑުވެސް އިވުނެވެ. އެހެން ނަމަވެސް އެއްވެސް މެމްބަރެއްގެ ނަން ނުއިއްވައެވެ.