މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އޮފިސަރުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ބެނުންކުރަން ފަށައިފިކަމަށް ކަރެކްޝަންއިން ބުނެފިއެވެ.
ކަރެކްޝަނުން ބުނީ، މިއަދުން ފެށިގެން ގައިދީން ބެލެހެއްޓުމުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ އޮފިޝަލުން 50 ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިކަމަށެވެ.އަދި މި ކެމެރާތައް އޮފިސަރުން ރަސްމީ ވަގުތުތަކުގައާއި ގައިދީންނާ މުއާމަލާތް ކުރަންޖެހޭ ހުރިހާ ހާލަތެއްގައިވެސް ބޭނުން ކުރަން ޖެހޭނެކަމަށް ކަރެކްޝަންއިން ބުންޏެވެ.
މި ޕްރޮޖެކްޓުގެ މަގްސަދަކީ ގައިދީން ބެލެހެއްޓުމުގައި ޖަލު އޮފިސަރުން ޒިންމާދާރު ކުރުވުމާއި ޖަލުގެ ހާލަތު ދެނެގަނެ، ޖަލުތަކުގައި ހިނގާ ހާދިސާތަކާ ގުޅިގެން ބޮޑީވޯން ކެމެރާއިން އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޖަލުތައް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށް ކަރެކްޝަން އިން ބުނިއެވެ. އަދި މީގައި ރިކޯޑު ކުރެވޭ މައުލޫމާތުތަކަކީ އެއަށް އުނި އިތުރު ނުގެނެވޭނެ ގޮތަށް އެއްކުރެވޭ މައުލޫމާތު ތަކެއްކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ކަރެކްޝަން އިން ބުނީ މިކަމުގެ ސަބަބުން ގައިދީންގެ ހާލަތު ވާސިލުވުމަށް ހެއްކާ ގަރީނާ ލިބިގެންދިއުމާއި ރިހެބިލިޓޭޝަންއަށް ބޭނުންވާނެ މައުލޫމާތުތަކާއި އަދި އިންވެޓިގޭޝަންތަކަށް ބޭނުންވާނެ މައުލޫމާތުތައް އެއްކުރެވޭނެ އިންތިޒާމުތަކެއް ކަމަށެވެ.
ކަރެކްޝަނުން ވަނީ ކުރިއަށް އޮތް ތަނުގައި ހައި ސެކިއުރިޓީ ދޭންޖެހޭ ކަންކަން ދިނުމުގެ މަސައްކަތް ކުރާކަމަށެވެ.