އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023 (އައިއޯއައިޖީ) ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މިރޭ 21:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާއެރުވުން އޮންނާނެ ކަމަށެވެ. އަދި، ހަވާ އެރުވުން ކުރިއަށް ދާނީ ގާތްގަނޑަކަށް 10 މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ 27 މެޑަލް ހޯދައިފައެވެ.