ޓްރަމްޕް ޢަޒުލުކުރުމަށް ހައުސް އިން ނިންމިނަމަވެސް ޓްރަމްޕް ވިދާޅުވަނީ އިސްތިއުފާއެއް ނުދެއްވާނެ ކަމަށެވެ. ޓްރަމަޕް ވެގެންދާނީ ދެވަނަ ފަހަރަށް އަޒުލުކުރެވުނު ފުރަތަމަ ރައީސަށެވެ. އަދި ފަހަރެއްގައި އޭނާގެ މައްސަލަ މަތި ގެ، ސެނެޓުން ފާސްވެއްޖެނަމަ އޭނާ ވާނީ ދައުރު ނިމޭ ފަހުން އަޒުލު ކުރެވުނު ފުރަތަމަ ރައީސް ކަމުގައެވެ. އެހެން ވެއްޖެ ހާލަތެއްގައި އޭނާގެ ޕެންޝަންއާއި ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒުތައް އޭނާއަކަށް ނޯންނާނެއެވެ.

ޓްރަމްޕް ޢަޒުލު ކުރުމަށް ހައުސްގައި ބަހުސް ކުރަމުން ދިޔައިރު އޭނާ އިންނެވީ މަދު މަދަދުގާރުންނާއެކު ޓީވީއަށް ބަލަހައްޓަވައިގެންނެވެ. މިބައްދަލުވުމުގައި އިން ފަރާތަކުން ފޮކްސްއަށް ކިޔައިދިން ގޮތުގައި އެމަނިކުފާނު އިންނެވީ ނިކަން ކޯފާވެ ވަޑައިގެންނެވެ.

މިހިނދު ޓްރަމްޕް، އޭނާގެ ކުރިމަގަށް އަޅާނެ ފިޔަވަޅުތަކާ މެދު ސުއާލު ކުރެއްވިއެވެ. އޭގެ ތެރޭގައި، އަހަރެން އިސްތިއުފާ ދީފިނަމަ ވާނީ ކިހިނެއް؟ މިއީވެސް ކުރެވުނު ސުއާލެކެވެ. ނަމވެސް މިއީ އޭނާ ދެކެވަޑައިގަތް ގޮތުގައި ވިސްނަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އޭގެ ސަބަބަކީ، ނާއިބް ރައީސް މައިކް ޕެންސަށް އޭނާއަކަށް އިތުބާރެއް ނެތެވެ. މައިކް ޕެންސް ޓްރަމްޕަށް މަޢާފު ނުދެއްވާނެ ކަމަށް ޓްރަމްޕް ގަބޫލު ކުރައްވައެވެ.

އަދި ސެނެޓުން އޭނާގެ ޝަރީއަތް ކުރާނެ ގޮތާމެދުވެސް ސުއާލު ކުރެއްވިއެވެ. އެހެން ބޮޑެތި ބޭފުޅުންވެސް ޝަރީއަތުގެ މަޖިލީހުގައި އަމިއްލައަށް ވަކާލު ކުރައްވާ ބީދައިން އަމިއްލައަށް ވާހަކަ ދެއްކެވުމަށް ޓްރަމްޕް ހުށަހެޅުވުމުން މަދަދުގާރުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

ޓްރަމަޕްގެ ޝަރީއަތް ސެނެޓްގައި ހިނގާ އިރު އޭނާގެ ގާތް އެކުވެރިޔާ، ރޫޑީ ގޫލިއާނީ އޭނާގެ ދިފާއުގައި ވަކާލާތު ކުރައްވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ނިއުޔޯރކުގެ ބާރ އެސޯސިއޭޝަނުން ވިސްނަމުން ދަނީ ގޫލިއާނީ ބާރ އިން ބޭރުކޮށް ވަކާލާތު ނުކުރެވޭ ގޮތް ހަދާށެވެ. އޭނާއަކީ ކޮންގްރެސް ބިލްޑިންގ ދޮށަށް އެއްކުރި ހަވަރާ މުޚާތަބުކޮށް ވާހަކަދެއްކެވި އެކަކެވެ.