މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ދަރިފުޅަށް ވާރުތަވުން ހުއްޓުވާފައިވާ ކަމުގެ ސެޓްފިކެޓް ރާއްޖެއަށް ލިބިއްޖެ

7
ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ރާއްޖެއަކީ މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ދަރިފުޅަށް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައިފިއެވެ.

ރާއްޖެއަކީ މައިމީހާގެ ފަރާތުން މިބަލިތައް ދަރިފުޅަށް ވާސިލުނުވާކަމަށް ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ 2 ވަނަ ޤައުމެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ރަސްމީ ލިޔުން ރާއްޖެއާއި ޙަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގއެވެ. ރާއްޖޭގެ ފަރާތުން މި ލިޔުމާއި ޙަވާލުވެވަޑައިގަތީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Advertisements

މައިމީހާގެ ފަރާތުން އެޗްއައިވީއާއި ސިފިލިސް ދަރިފުޅަށް ވާސިލުވުން ހުއްޓުވުމަށް ރާއްޖެއިން މަސައްކަތްފަށާފައިވަނީ 2014 ވަނަ އަހަރެވެ. އެގޮތުން މިކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މުޅި ރާއްޖެ ހިމެނޭހެން މިބަލިތަކާއި މާބަނޑު މީހުންގެ ޙާލަތު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ފާހަގަކުރެއެވެ. ޑަބްލިއުއެޗްއޯގެ ސްޓޭންޑަރޑަށް ރާއްޖެއިން ވާސިލުވެ އެކަން ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ރިޕޯޓެއް ރާއްޖެއިންވަނީ މިދިޔަ އަހަރު ޑަބްލިއުއެޗްއޯއަށް ހުށައަޅާފައެވެ.

Advertisements

7 COMMENTS

  1. ކޮންމެ މިނިސްޓަރަކުވެސް ތިކަހަލަ މޮޅު ތާކުން ތާކު ނުޖެހޭ ހެޑްލައިން ހަދާނެ. ދިވެހިންނަށް މުހިއްމީ ހެޑްލައިން އެއްނޫން. ނަތީޖާ. އެއްވެސް ބަޔަކު އަނެއްބަޔަކަށް އިހްތިރާމެއް ނުކުރެޭ. ރަނގަލަށް ކަންތައް ކުރި އެއްބަޔަކުވެސް ހުރި ކަމަކަށް ނުވޭ. ވަރަށް ހިތާމަ ހުރި ކަމެއް. ސަރުކާރުގައި ތިބެގެން އަމިއްލަ ޖީބު ބޮޑުކުރަނީ.

  2. ހެލްތު މިނިސްޓްރީން ހިންގާ ޖަރީމާތައް ހުއްޓާލަން ގޮވާލަން.

  3. އަމީން އާއި ގުޅުން އޮންނަ ކުންފުނިތަކަށް ދަނީ ބިޑްތައް ދެމުން. އެތަނުން އިޢުލާން ކުރާ ހުރިހާ އެއްޗެއް އިޢުލާން ކުރަނީ ވަކިބަޔަކަށް ހެޔޮވަރުކޮށް. މިކަން ބަލައި ދިނުމަށް އެދި ގޮވާލަން. އަމީންގެ ކަރޮޕްޝަން ހުއްޓުވައި ދިނުމަށް އިބޫއަށް ގޮވާލަން

  4. ތިއީ މި ސަރުކާރު ހަލާކު ކޮށްލަން ނުކުމެ ތިބި ބައިގަނޑެއް. މި ފަނިތައް ނައްތާލަން ގޮވާލަން

  5. ކުރީ ސަރުކާރުގެ މިނިސްޓަރަކަށްހުރެ އޭނާ ވަނީ އެފަދަ ކަންތައް ކޮށްފައި. އޭސީސީގައި މީނާގެ މައްސަލަ ބެލި. ދިޓީވީގައި މީނާގެ ފޮޓޯ އެކޮޅު ކޮޅުން ޖަހައިގެން އުޅުނު މިހާރު ޖަވާހިރެއް

  6. އަމީނީ މަގުގައި މީނާގެ ރެސްޓޯރެންޓެއް ހުރެ. މަތިން ވެއްޓުނު އެއްޗެކޯ

  7. މީނާގެ ނުފޫޒުވަނީ ވަރަށް ނުރައްކާވެފައި. ވަކިކުރޭ ވަކި ކުރޭ

Comments are closed.