އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް 214 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ ޕީޓީ.ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި މަސައްކަތް ހަވާލުކުރީ ޖުމްލަ 214،852،500.00 ރުފިޔާއަށެވެ.

އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށެވެ.