މިވަގުތު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވީހާ ވެސް އަވަހަށް ވޯޓުލައި، ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރިޔާސީ ވޯޓަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންނަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ވީހާވެސް އަވަހަށް ވަޑައިގެން ވޯޓު ދިނުމުގެ ޒިންމާ އަދާކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ވޯޓުލުމުގައި އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި، އަމިއްލަ ވިސްނުމާ ފިކުރަށް ވޯޓުލުމަށާއި ވޯޓުގެ ސިއްރުކަން އެ ކޮމިޝަނުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

ވޯޓުފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.