މިއަދު ކުރިއަށް ދާ ރިޔާސީ އިންތިހާބުގައިދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވޯޓުލައްވައިފިއެވެ.

ހެނދުނު 08:00 އިން ފެށިގެން ވޯޓުލުން ކުރިއަށްގެންދާއިރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންވެސް އަންނަނީ ވޯޓުލައްވަމުންނެވެ.

އެގޮތުން އިލްޔާސް އަދި ނާޒިމް ވޯޓު ލެއްވިއިރު ޤާސިމް އިބްރާހިމް އަދި ޑރ. މުހައްމަދު މުއިއްޒު އަދި މުއިއްޒުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފް ސެމްބެވެސް ވަނީ ވޯޓުލައްވާފައެެވެ.