މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ހަންޏާމީދޫއިން ލިބުނު ވޯޓުގެ ނަތީޖާ އިއުލާން ކޮށްފިއެވެ.

ހަންޏާމީދޫއިން ގުނާފައިވާ 102.01.1 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ކުރީގައި އޮތީ ރައީސް/ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހްއެވެ.ދެވަނަ އަށް ކުރީގައި އޮތީ ޕީއެންސީގެ ކެނޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ތިން ވަނަ އަށް ކުރި ހޯދާފައިވަނީ ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްއެވެ. ގާސިމް އަށް ވުރެ ދޭތިގެ ތަފާތުން ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އަމިއްލަ ގޮތުން ވާދަކުރި އުމަރު ނަސީރު އެވެ.އަދި ފަސްވަނަ އަށް ގިނަ ވޯޓު ހޯދާފައިވަނީ އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އިންނެވެ.

ހަމައެއާއެކު ހަވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އެމްއެންޕީގެ ކެނޑިޑޭޓު މުހައްމަދު ނާޒިމް އަށެވެ.އަދި އަމިއްލަ ގޮތުން ވާދަކުރި ހަސަން ޒަމީލް ހަތްވަނައަށް ކުރިއަރާފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓު ފާރިސް މައުމޫން އަށް ލބިފައިވަނީ އެންމެ މަދު ވޯޓުއެވެ.

މިރަށުން މުޅި ޖުމްލަ 309 މީހުން ވޯޓު ލާފައިވާއިރު ބާތިލް އެއް ވޯޓު ހިމެނެއެވެ.