ޖުމްލަ 574 ފޮށި ހިމެނޭއިރު 191 ފޮށި ގުނާފައިވާ އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވަނީ ކުޑަ ތަފާތަކާއެކު އެންމެ ކުރީގައި ވާދަކުރައްވަމުންނެވެ.
މި 191 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތް
- ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު: 21،401 ވޯޓު، 43.1 އިން ސައްތަ
- އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު: 20،502 ވޯޓު، 41.3 އިން ސައްތަ
- ދި ޑިމޮކްރޭޓްސް އިލްޔާސް ލަބީބު 3039 ވޯޓު، 6.1 އިން ސައްތަ
- މިނިވަން ކެންޑިޑޭޓް އުމަރު ނަސީރު: 1308 ވޯޓު، 2.6 އިން ސަައްތަ
- ޖޭޕީ ގާސިމް އިބްރާހީމް: 1358 ވޯޓު، 2.7 އިން ސައްތަ
- އެމްއެންޕީ ކާނަލް ނާޒިމް: 434 ވޯޓު: 0.9 އިން ސައްތަ
- މިނިވަން ކެންޑިޑޭޓް: ފާރިސް މައުމޫނު: 433 ވޯޓު، 0.9 އިން ސައްތަ
- މިނިވަން ކެންޑިޑޭޓް: ހަސަން ޒަމީލު: 66 ވޯޓު، 0.15 އިން ސައްތަ
މިހާތަނަށް މިވަގުތީ ނަތީޖާ ދައްކާ ގޮތުގައި ރައީސް އިބްރާހީމް ސާލިހާއި ޑރ މުއިއްޒު އަންނަނީ ވަރަށް ކުޑަކުޑަ ތަފާތަކުން އެއްވަނަ އަދި ދެވަނައިގައި ވާދަކުރައްވަމުންނެވެ. ކުޑަ ތަފާތަކުން މުއިއްޒު ކުރި ހޯއްދަވާ ފަހަރާއި އަނެއްބައި ފަހަރު ރައީސް ސާލިހު ކުރި ހޯއްދަވާ ފަހަރު ވަރަށް ގާތްގާތުގައި ދަނީ ނަތީޖާ ބަދަލު ވަމުންނެވެ، އެހެންނަމަވެސް އަދި މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް މި ދެ ކެންޑިޑޭޓުން ފަހަތަށް ޖައްސާ އެހެން ކެންޑިޑޭޓަކަށް ކުރި ހޯއްދެވޭތަނެއް ނުފެންނަކަން ވެސް ފާހަގަކުރެވެއެވެ.