މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް %50 މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ހޯއްދެވިފައި ނުވާތީ ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ، އެއްވަނައިގައި އުޅުއްވާ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް 90,373 ވޯޓު ލިބިވަޑައިގެންފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 77,782 ވޯޓެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމަށް 4,956 ވޯޓު ލިބިވަޑައިގެންފައިވާއިރު، އަހުމަދު ފާރިސް މައުމޫނަށް 2,620 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

ތިންވަނައިގައި އުޅުއްވާ އިލްޔާސް ލަބީބަށް، 13,546 ވޯޓު ލިބިވަޑައިގެންފައިވާއިރު، މުހައްމަދު ނާޒިމަށް 1638 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް 294 ލިބިވަޑައިގެންފައިވާއިރު، އުމަރު ނަސީރަށް ލިބިވަޑައިގަތީ 5,691 ވޯޓެވެ.

މިއަދު ބޭއްވި އިންތިހާބަކީ އެހެން ރިޔާސީ އިންތިހާބުތަކާ އަޅާ ބަލާއިރު، ނިސްބަތުން އެންމެ މަދުން މީހުން ވޯޓުލީ ފަހަރެވެ.