އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި ބޮޑުތަނުން ޑރ. މުހައްމަދު މުއިއްޒު މިސަރުކާރުގެ މައްޗަށް ކުރި ހޯއްދަވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ގަދަ ހިފުމަކަށް ވާދަކުރެއްވުމަށް ޖާގަދީ އިންތިހާބު ދެވަނަ ބުރަކަށް ހިނގައްޖެއެވެ.
ދިވެހި ތާރީހުގައިވެސް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހީމް ސާލިހު ދެވަނައިގައި އޮތް އިރު ތިންވަނައިގައި އިލްޔާސް ލަބީބު ވަނީ ވާދަކުރައްވާފައެވެ. އަދި ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު އުމަރު ނަސީރު މިވަނީ ހަތަރު ވަނައިގައި ހިމެނިފައެވެ.
މިއިންތިހާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަރަށް މަދުންނެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.