ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ކޯލިޝަނުން ބުނީ މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ 20:45 ގައި އާރޓްފިޝަލް ބީޗުގައި ކަމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެ ވަޑައިގަންނަވާނެ ކަމަށާއި މި ޖަލްސާއަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު އަދާކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އެއްވެސް ބަޔަކާ ކޯލިޝަން ނުހައްދަވައި ވޯޓުލީ މީހުންގެ 46 ޕަސެންޓު ހޯއްދަވައިގެން އިންތިހާބުގައި ޑރ. މުއިއްޒު ވަނީ ދެވަނަ ދައުރަކަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ހޮވިވަޑައިގެންފައެވެ.

އަދި އެމަނިކުފާނާއި އެންމެ ގާތުން ވާދަކޮށް ދެވަނައަށް ދަތުރުކުރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސާލިހަށް ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހައްދަވައިގެން ނުކުމެވަޑައިގެން ވޯޓުލީ މީހުންގެ 39 ޕަސެންޓު ހޯއްދަވާފައެވެ.