މާދަމާ (11 ސެޕްޓެމްބަރ) އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ.

މާދަމާ ބަންދު ދުވަހެއްކަމުގައި ރައީސް ސާލިހު ހަމަޖެއްްސެވީ، (ސެޕްޓެމްބަރ 9 ވީ ހޮނިހިރުދުވަސް) އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެހެނިހެން އާންމު ރައްޔިތުން ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ، ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީއެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން އީސީގެ އެދިލެއްވުމަށް، (10ސެޕްޓެމްބަރ ވީ އާދީއްތަ) މިއަދަކީ ބަންދު ދުވަހެއްކަމުގައި މިދިޔަ ހަފުތާގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.