ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަންބަރަކީ ފުރަތަމަ ބުރުގައިވެސް ލިބުނު ނަންބަރުތައް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ، ހަމަ ކުރީގެވެސް ބޭންކުރި ނަންބަރު ކަމަށެވެ. ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވީ 4 ނަންބަރެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ނަންބަރަކީ 3 ކެވެ. އެހެން ކަމުން ދެވަނަ ބުރުގައިވެސް ބޭނުން ކުރާނީ ހަމަ މިދެނަންބަރެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިހާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިހާބުގެ %46.06 ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިމަހުގެ 16 އިން 17 އަށް ހުޅުވާލާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.