މިއަދު ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބޭނުން އެއްޗެއް ރާއްޖެ ގެނައުމަށް ދިވެހިން ހާސްވެ ކަންބޮޑު ވާކަށް ނުޖެހެއެވެ. ރާއްޖެއަށް މުދާ ފޮނުވާ ކޮންމެ ކުންފުންޏަކުންވެސް ބޭނުން އެއްޗެއް ގެނައުމަށް ހަމައެކަނި އޯޑަރު ކޮށްލުމުން ދިވެހިރާއްޖޭގެ ޕޯސްޓުން ތައާރަފް ކޮށްފައިވާ ޕިކްޕޯސްޓު އެމުދަލެއް ގެނެސްދޭނެއެވެ.
2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 9 ވަނަ ދުވަހު، ދުނިޔޭގެ ޕޯސްޓް ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޕޯސްޓުން ސެލްފް ސާވިސް ފެސިލިޓީތަކާއެކު ތައާރަފް ކުރި "ޕިކް ޕޯސްޓް" ގެ ހިދުމަތަކީ ރާއްޖެފަދަ އީ-ކޮމާސް ބާރު ސްޕީޑެއްގައި ކުރިއަރަމުންދާ ގައުމަކަށް ވަރަށްވެސް މުހިންމު ހިދުމަތެކެވެ. ހަމައެހެންމެ މިހިދުމަތް ތައާރަފް ކުރުމާއެކު އާންމުންގެ މެދުގައި "ޕިކްޕޯސްޓް" ވަނީ ދިވެހިންގެ ތެރޭގައި ނުހަނު މަގުބޫލު ހިދުމަތަކަށްވެފައެވެ.
މި ހިދުމަތް ދިނުމަށް މާލެ އާއި ހުޅުމާލޭގައިވެސް ޑެލިވަރީ ސްޓޭޝަންތައް ވަނީ ގާއިމްކޮށްފައެވެ. "ޕިކް ޕޯސްޓް" ގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް މިއީ ކިޔުގައި ޖެހުމަކާ ނުލައި އޯޑަރު ކޮށްގެން ގެންނަ ތަކެތި ލިބިގަނެވެއެވެ. ފާއިތުވި އަހަރުތަކުގައި ޕިކްޕޯސްޓް ތައާރަފްވުމާއެކުހެން، އޮންލައިން ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ޕޯސްޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އެންމެ ބޮޑު މަގުސަދެވެ. އަދި ކަސްޓަމަރުން އޯޑަރު ކޮށްގެން ގެންނަ ތަކެތި ވީއެންމެ އަވަހަށް ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ހަވާލުކޮށް ދިނުމަށްވެސް އެކުންފުނިން އިސްކަމެއް ދެއެވެ.
އީޓުކުރިން، ރާއްޖޭގެ އެކި ހިސާބުތަކުން ބޭނުންވާ ސާމާނު ލިބެން ހުންނަ ފަދައިން ޕިކްޕޯސްޓު ދުނިޔޭގެ އެކިހިސާބުތަކުން ބޭނުންވާ ސާމާނު އަތްފޯރާ ފަށަށް ގެނެސްދެއެވެ. ރާއްޖޭގެ ޕޯސްޓުގެ ހިދުމަތަކީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުން އަންނަ ކާމިޔާބު ކުންފުންނެކެވެ. ދުރު ގާތްކޮށްދޭ އެހީތެރިއެކެވެ. އެތައް ބައެއްގެ ޔަގީންކަމާއި އިތުބާރާއި ލޯބި ލިބިފައިވާ މޯލްޑިވްސްޕޯސްޓަށް މި އަހަރަކީ ވަރަށް ވެސް ކާމިޔާބު އަހަރެކެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު "އެކްސްޕްރެސް މެއިލް ސާވިސް" (އީއެމްއެސް) ގެ ހިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓަރުންނަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ އެވޯޑްތަކުގެ ތެރެއިން 2019 އަދި 2021 ވަނަ އަހަރު "މޯލްޑިވްސް ޕޯސްޓަށް" ، "ބްރޯންޒް އެވޯޑް" ލިބިފައި ވަނިކޮށް، 2022 ވަނަ އަހަރު، އީއެމްއެސްގެ ހިދުމަތް ދިން ފަރާތްތަކުން ފޯރުކޮށްދިން ހިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ވަނީ ލިބިފައެވެ.
މިއަހަރުގެ މެއި މަހު ސްވިޓްޒަލޭންޑްގެ ބާން ގައި ބޭއްވި އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. އެންމެ ފެންވަރު ރަގަޅު އީއެމްއެސް ހިދުމަތްދޭ ފަރާތަށް ދޭ އެ އެވޯޑަކީ އީއެމްއެސް ހިދުމަތްދޭ 174 ގައުމުގައި ހިދުމަތްދޭ ފެންވަރަށް ބަލާ ރޭންކު ކޮށްގެން ދޭ އެވޯޑެކެވެ. ރާއްޖޭގެ ޕޯސްޓުން ދެމުންދާ ހިދުމަތްތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީން ހިދުމަތްތަކެކެވެ. މިކުންފުނިން ހިދުމަތް ލިބިގަތުމަކީ އަދު ދިވެހިންނަށް ލިބިދޭ ވަރަށް ބޮޑު އުފަލެކެވެ.