ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތާރީހީ ކާމިޔާބަކުން ކާމިޔާބު ކުރައްވާނެ ކަމާމެދު ޝައްކެއްނުކުރައްވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ދިވެހި ރައްޔިތުންގެ ތާއިދާއި އިތުބާރާއެކު ކާމިޔާބު ކުރައްވާނެ ކަމަށާއި ނުފޫޒާއި އެންޓި ކެމްޕޭނާއި ފައިސާއާއި ބޭރުގެ ނުފޫޒުފަދަ އެތައް ދާއިރާއަކުން މުއިއްޒަށް ގޮންޖެހުންތައް ކުރިމަތިވިވެވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް އެ ގޮންޖެހުންތައް އެހެން ހުރިއިރު އެއްވެސް ކެންޑިޑޭޓަކަށް ބުރަ ބަހެއް ވިދާޅުނުވެ ރީތި އަހުލާގު ހިފަހެއްޓަވައި ރައްޔިތުންގެ އިތުބާރު ހޯއްދެވި ކަމަށް ޝެއިހް ވިދާޅުވިއެވެ.

އިން ޝާ ﷲ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއިދާއި އިތުބާރާއެކު ކާމިޔާބު ކުރެވޭނެ. އާ އަޒުމަކާ އެކު މަސައްކަތްކުރައްވާ،“.
ޑރ.ޝަހީމް ވިދާޅުވިއެވެ

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒެވެ. އޭނާއަށް ލިބިވަޑައިގަތީ 101,100 (%46.06) ވޯޓެވެ.