ޝާހްރުކް ޚާންގެ ޖަވާން ފިލްމަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ހޯދާފައިވާ ފިލްމަކަށް ވީއިރު، އެ ފިލްމްގެ ޗަލޭޔާ ލަވަ އަކީ ނުބަލާ ދޫކޮށްނުލެވޭ ލަވައަކަށް ބެލުންތެރިންގެ މެދުގައި ވެއްޖެއެވެ.

ޝިލްޕާ ރާއޯ، އަރިޖިތު ސިންގް އަދި އަނިރޫދް ރަވީޗަންދަރު ކިޔާފައިވާ ލަވައިން ޝާހްރުކް އާއި ނަޔަންތާރާ ފެނިގެންދާ ރޮމޭންޓިކް ޓްރެކް "ޗަލޭޔާ" އަށް ހާއްސަ ތައުރީފެއް ލިބިފައިވާ ފިލްމު ލަވަތަކާ އެކު ފޭނުން ތިބީ ވަރަށް އުފަލުންނެވެ.

ސްޕޮޓިފައިގައި މިލަވަ ވަނީ އެންމެ ދުވަހެއްގެ ތެރޭގައި އެތަކެއް ހާސް ވިއު ހޯދާއި، ރިކޯޑް މުގުރާފައެވެ. ހަމައެއާއެކު ޖަވާން ބޮކްސް އޮފީހުގައި ރެކޯޑްތައް މުގުރާލާއިރު، "ޗަލޭޔާ" ލަވައިން އަންނަނީ މިއުޒިކް ޗާޓުގައި އާ ބެންޗްމާކްތަކެއް ގާއިމް ކުރަމުންނެވެ. މި ހަފުތާގެ ކުރީކޮޅު މި ރޮމޭންޓިކް ނަމްބަރު ވަނީ ސްޕޮޓިފައި އިންޑިއާގެ ލަވައަކުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ސްޓްރީމްގެ ރެކޯޑް މުގުރާލައިފަ އެވެ. ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު މިއުޒިކް ޕްލެޓްފޯމުން ދެ މިލިއަނަށް ވުރެ ގިނަ ފަހަރު "ޗަލޭޔާ" ސްޓްރީމްކޮށްފައިވެއެވެ.

ޖަވާން އަކީ އަރިޖީތު ސިންގް އާއި ޝިލްޕާ ރާއޯއާ އެކު އަނިރޫދް ރަވީޗަންދަރު ހުށަހަޅައިދޭ ފިލްމެކެވެ. ޖަވާންގެ މިއުޒިކް ހަދާފައި ވަނީ އަނިރޫދެވެ.