ހުޅުމާލޭ އަމީން އެވެނިއު ކައިރީ ހުރި ގެއެއްގެ ޓެރަހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިގާފައިވަނީ މިއަދު ހެނދުނު 8:39 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ޓެރަސްގައި ތިނުން ހަދާފައި ހުރި ތަނެއްގައި ކަމަށާއި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރޯވީ ހުޅުމާލެ ހަ ފްލޯގެ އިމާރާތެއްގެ ޓެރަހުގައި ޓިނުން ހަދާފައި ހުރި ތަނެއްގައެވެ. އަދި މުޅިތަން ވަނީ އަނދާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.