ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެއްޗާއި ބަނގުރާފުޅިއެއް ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މާފަރު ޕޮލިސް ސްޓޭޝަނުން ވައްކަންކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މާފަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ގެންދިޔައީ ހަމައެކަނި މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއެއް ނޫނެވެ. ބައެއް އެހެން އެއްޗެހި ވެސް ވަގަށް ގެންދިޔަ ކަމަށް، ފުލުހުން ބުންޏެވެ. އެކަމަކު ވަގަށް ގެންދިޔައީ ކޮން އެއްޗިއްސެއް ކަމެއް އަދި ވަގަށް ގެންދިޔައީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.