ބޭނުންވާ ތަކެތި.

5. ތެޔޮ ރޮށި ( ގަނޑުކޮށްފައި)

1 ފިޔާ

1 ގިތެޔޮ މިރުސް

1 އިންޗީގެ ރޯ އިނގުރު

6 ހިކަނދިފަތް

1 ލުނބޯ

1 ގަނޑު ވަޅޯމަސް

1 ކުޑަ ކާށި

ރަހަ ލާވަރަށް ލޮނު

1 ސ. ސަމުސާ ރީނދޫ

ހައްދަވާނެ ގޮތް

ތައްޓަކަށް ފިޔާ މިރުސް ހިކަނދިފަތް ކޮށްޓެވުމަށްފަހު އޭގެ ތެރެއަށް އިނގުރު ކޮޅު ގާނުއްވާފައި އަޅުއްވާށެވެ. ދެން ލޮނު ރީނދޫ އަޅުއްވައި ހުތްވެސް ޖައްސަވައި މަތި ޖެހުމަށްފަހު އައިސް އަލަމާރީގައި ބަހައްޓަވާށެވެ. ދެން ކާށިން ހުނި ގާނުއްވާ މަސްވެސް ކޮށުއްވުމަށްފަހު ރޮށިތައް މިކުސަރުން މުގުރުއްވާށެވެ. ( ރޮށި ހުންނަންވާނީ އައިސް އަލަމާރީ ގަނޑުކުރާބައިގައި ބަހައްޓަވައިގެން ރަނގަޅަށް ގަނޑު ކުރައްވާފައެވެ.) ދެން ކުރިން އައިސްއަލަމާރިއަށް ލެއްވި ފިޔާ މިރުސް ތަށި ނަންގަވާ ރަނގަޅަށް މޮޑެލައްވާށެވެ. ހުންޏާއި މަހާއި މުގުރި ރޮށިތައްވެސް އެއްކޮށް ރަނގަޅަށް މޮޑެލައްވާށެވެ. ދެން ލޮނު ހެޔޮވަރު ކުރެއްވުމަށްފަހު ބޯކިބާ ފިހާ ތަވައަކަށް ތެޔޮ ފޮދެއް އެޅުއްވުމަށް ފަހު މޮޑުއްވި ބޯކިބަ މަސްގަނޑު އަޅުއްވައިގެން މަޑުގިނިމަތީގައި ފިއްސަވާށެވެ. ( ހަނޑުލު ބޯކިބައަށްވުރެ އަވަހަށް ރޮށި ބޯކިބާ ފިހެވޭނެއެވެ. ވީމާ، އަވަސް އަވަހަށް ފުށުން ޖައްސަވަންވާނެ އެވެ.)

މިއީ ރޮށި މީރު މީހުނަށް ވަރަށް މީރު ބޯކިބައެކެވެ. އަދި ހެނދުނު ސައި ބުއިމަށްފަހު ބާކީވެފައި ހުންނަ ރޮށިން ހަދާލެވޭނެ ރަނަގޅު ހެދިކާއެކެވެ.