މިމަހު 30 ގައި ބާއްވާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ކުރިއަށް ވުރެ ގިނަ ވޯޓު ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފިއެވެ.

ސެމްބެ ވަނީ ރޭ ފަރެސްމާތޮޑާގެ ޒުވާނުންނާ ބައްދަލުު ކުރައްވައި އެމީހުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެމީހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ޕީޕީއެމް/ ޕީއެންސީ ގެ ސަރުކާރެއްގައި ހޮވިއްޖެނަމަ ފަރެސްމާތޮޑާއަށް ކޮށްދެއްވަން ނިމްމެވި ކަންތައްތައް ކޮށްދެއްވާނެ ކަމުގެ އެންމެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ކުރިއަށްވުރެ ބޮޑަށް ވޯޓު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ސެމްބެ ވަނީ އެދިވަޑަައިގެންފައެވެެ.

އެއަށްފަހު ސެމްބެ ވަނީ ފަރެސްމާތޮޑާގެ މަސްވެރިންނާ ބައްދަކު ކުރައްވާފައެވެ. އެންމެ ދޯންޏެއް ފިޔަވައި އެހެން ހުރިހާ ދޯންޏެއް މަހަށް ގޮސްފައި އެނބުރި ނާންނާތީވެ، ރަށުގައި ތިބީ ވަރަށް މަދު މަސްވެރިއެއްކަމަށް "ހަލި"ނޫހުގެ ފަރާތުން ފަރެސްމާތޮޑާގައި ހުންނެވި ނޫސްވެރިޔާ ޝަޒްލާ ވަނީ މައުލޫތު ދެއްވާފައެވެ. ރަށުގައި ތިބި މަސްވެރިންނާ ބައްދަލު ކުރައްވައި ސެމްބެ ވަނީ އެމީހުންގެ ކަންބޮޑުވުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަހުގެ އަގުދަށް ވުމެވެ،

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި މަހުގެ އަގު ވިއްސަށްވުރެ މަތީގައި ހިފަހައްޓާނެ ކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ގދ ފިޔޯރީގައި މަސްފެކްޓަރީއެއް އެޅުމުން ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ސެމްބެ ވަނީ ވިދާޅުވެފައެވެ.