ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މާލެ އިން ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ގެއްލިގެން ހޯދަމުން ގޮަސްފައި ވަނީ ހއ. ދިއްދޫ / ގުލްފާމްގެ، 50 އަހަރުގެ އިސްމާއީލް މާހިރު އެވެ.

އިސްމާއީލް މާހިރަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ސްޓެލްކޯ ޓަވަރުގައި ދިރިއުޅެމުންދާ މީހެކެވެ.

ފުލުހުން ބުނީ، އިސްމާއީލް ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ. މާހިރު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހުކުރަށް ދާން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވެގެންނެެވެ.

ގެއްލިގެން ހޯދަމުން ދިޔަ އިސްމާއީލް މާހިރު، މިއަދު ހަވީރު 16:40 ހާއިރު މާލެ އިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފެނުނު އިރު މާހިރުގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.