ދެ ހަފްތާ ވަންދެން ގެއްލިގެން ހޯދި، އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) މިހާރު އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި ދިރިއުޅެމުން ދިޔަ މި ޒުވާނާ ގެއްލިގެން އާއިލާއިން ރިޕޯޓު ކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ޒުވާނާ ހޯދުމަށް ފުލުހުން ވަނީ އިއްޔެ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އާއިލާއިން ބުނެފައިވަނީ ޒުވާނާގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މީގެ ދެހަފުތާ ކުރިން ކަމަށެވެ.

"އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ރިޝާންގެ ހަބަރެއް އާއިލާއަށް ވުމާއެކު އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އާއިލާއިން މައުލޫމާތު ދޭގޮތުގައި ރިޝާންގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.