މާލެއިން ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހދ.މަކުނުދޫ ސިތާރާމަންޒިލް ނާޠިފް ޢަބްދުއްސަލާމް (28އ) ކަމަށެވެ.

އަދި އޭނާގެ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަމާއި އޭރު ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ނާޠިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.