ހއ. އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ހުދު ސަމާލު ނެރިފައިވަނީ މިއަދު ހެދުނު 6:30 ން ފެށިގެން މެންދުރު 12:30 އާއި ހަމައަށް ކަމަށެވެ.

މީގެއިތުރުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑީރަށް ބަލާއިރު ވެސް، ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.