ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެކެވެ. މީގެތެރެއިން 35 އަހަރުގެ މީހާއާއި 37 އަހަރުގެ މީހާއަކީ ބަންގްލަދޭޝްގެ ދެ މީހުންނެވެ.

މީގެއިތުރުން މި މައްސަލައާގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ފުލުހުންގެ ބަޔާނުން، މި ފަރާތް ހަވާލުވާން އައިސްފައިވާ 7 ދާގީނާ (ކަރުދާސް ފޮށިގަނޑު) ބަލައި ފާސްކުރި ކުރުމުން 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި 4.3 ކިލޯ ގްރާމް ހުރި ކަމަށް ދައްކާ ކަމަށެވެ.

އަދި އެ މީހުންގެ ތެރެއިން ދެ ދިވެހިންގެ ބަންދަށް ޖެހީ 5 ދުވަހެވެ. ދެ ބިދޭސީންގެ ބަންދަށް ޖެހީ 10 ދުވަހެވެ.