ސިވިލް ކޯޓުގެ އިސް ގާޒީ އަލް އުސްތާޒް އަހުމަދު ނިމާލް ޖުނެއިދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ނިމާލް އަވަހާރަވީ އައިޖީއެމްއެޗްގައި ރޭ ދަންވަރު 1.00 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އަވަހާރަވީ އިރު، ނިމާލް ގެ އުމުރަކީ 36 އަހަރެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ނިމާލް އައްޔަން ކުރީ، މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ.