ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

ސްޕްރީމް ކޯޓުން ހާމަ ކުރެއްވީ ގާޒީ ނިމާލް އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދައާބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަޞިމް އަދުނާން ނިންމަވާފައިވާ ކަމަށެވެ.

ގާޒީ ނިމާލް އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރަކީ 36 އެވެ. މައުލޫމާތު ލިބޭގޮތުން އޭނާއަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.