ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ހިމެނޭ ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ. ހޮޅި ވަޅުލުމަށް ތައްޔާރުވެފައިވާއިރު ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ 52 ޕަސެންޓް މަސައްކަތް މިހާރު ވެސް ވަނީ ނިމިފަ އެވެ.
އެ މަޝްރޫގައި 11.8 ކިލޯމީޓާރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި 200 ޓާނުގެ ދެ ތާންގީ ބެހެއްޓުމުގެ އިތުރުން ގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.