މިދިޔަ މަހުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު އިމްޕޯޓް، އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 17 އިންސައްތަ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
އެގޮތުން ކަސްޓަމްސް އިން މިދިޔަ އޯގަސްޓް މަހުގެ ތަފާސް ހިސާބު ހާމަކޮށްފައިވާއިރު އެ ތަފާސްހިސާބުގައި ބުނެފައިވާގޮތުގައި ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ހަތް އިންސައްތަ އިތުރުވި ނަމަވެސް ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 17 އިންސައްތަ ވަނީ ދަށްވެފައެވެ.
2022 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 5 ބިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށާއި އަދި 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށްވެސް ކަސްޓަމްސް ތަފާސްހިސާބުގައި ވަނީ ހާމަކޮށްފައެވެ.
އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބު – އޮގަސްޓް 2023
- ދައުލަތަށް ލިބުނު އާމްދަނީ
- (އޮގަސްޓް 2022 (ދިވެހި ރުފިޔާއިން):- 391 މިލިއަން
- އޮގަސްޓް 2023(ދިވެހި ރުފިޔާއިން):- 324 މިލިއަން
- އިތުރުވި/ދަށްވި އިންސައްތަ:- %17 ދަށް
- އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު)
- (އޮގަސްޓް 2022 (ދިވެހި ރުފިޔާއިން):- 125 މިލިއަން
- އޮގަސްޓް 2023(ދިވެހި ރުފިޔާއިން):- 93 މިލިއަން
- އިތުރުވި/ދަށްވި އިންސައްތަ:- %26 ދަށް
- އިމްޕޯޓް ކުރެވުނު މުދާ (ސީ.އައި.އެފް އަގު)
- (އޮގަސްޓް 2022 (ދިވެހި ރުފިޔާއިން):- 4.8 ބިލިއަން
- އޮގަސްޓް 2023(ދިވެހި ރުފިޔާއިން):- 5 ބިލިއަން
- އިތުރުވި/ދަށްވި އިންސައްތަ:- %7 އިތުރު
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ޖަރުމަނު ވިލާތެވެ.
ތަފާސް ހިސާބުން ދައްކާގޮތުގައި އޮމާން އިން 887 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 736 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 648 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ޗައިނާ އިން 398 މިލިއަން ރުފިޔާގެ މުދާ އަދި ޖަރުމަނު ވިލާތުން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
- އަގުގެގޮތުން
އެންމެ ގިނައިން އިމްޕޯޓް ކުރި 5 ގައުމު
- އޮމާން %17
- އިންޑިއާ %15
- ޔޫ.އޭ.އީ %13
- ޗައިނާ %8
- ޖަރުމަނު ވިލާތް %7
-
އަގުގެގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ގައުމު
- ޖަރުމަނު ވިލާތް %25
- އިނގިރޭސި ވިލާތް %18
- ތައިލޭންޑް %13
- އިންޑިއާ %8
- ފަރަންސޭސި ވިލާތް %5