ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅުގެ ސަރަހައްދުތަކަށް މިއަދު 11:15 އިން ހަވީރު 16:30 އަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.

އެ ވަގުތުތަކުގައި އެ ސަަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވާއިރު މޫސުން ގޯސްވުމާ ގުޅިގެން މިއަދު ހެނދުނު އުތުރުގެ ބައެއް ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.