މޮޅު ހުކުރު ޚުތުބާ ނުލިޔެ ޢަމަލުތައް ސީދާ ކުރެއްވުމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ސަރުކާރުގެ އިސްވެރިންނަށް ގޮވާލައިވައިފިއެވެ.

ޑރ. ޖަމީލް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ހުކުރު ޚުތުބާ މޮޅަށް ލިޔުމަކުން ނުފުދޭ، ޢަމަލުތައް އިޞްލާޙްކުރަންވީ،" ކަމަށެވެ. ޑރ. ޖަމީލް މިހެން ވިދާޅުވީ މިދިޔަ ހުކުރުދުވަހުގެ ޚުތުބާއަށްވުރެ ފުރިހަމަ ޚުތުބާއެއް މުޅި ޢުމުރުގައި ވެސް އަޑުއައްސަވާފައި ނުވާ ކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ޓުވިޓަރ މެދުވެރި ކުރައްވައި ވިދާޅުވުމުންނެވެ.

ބައެއް ނޫސްތަކުގެ ސުރުޚީތަކާއެކު އޭނާ ކުރައްވައިފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ ވެރިކަންކުރާ "އެމްޑީޕީއަށް އިންޞާފް ކަށަވަރުކުރެވެނީ އިދިކޮޕު ޕާޓީއަށާއި ލީޑަޝިޕަށް ތަކުރާރުކޮށް ފުރައްސާރަކޮށްގެންތޯ،؟ ސުވާލު ކުރައްވައިފައެވެ. އޭނާ މިހެން ވިދާޅުވީ 149 ކިލޯގެ ޑުރަގް މައްސަލަ އިސްތިއުނާފް ނުކުރުމަށް ނިންމެވުމުންނާއި އިދިކޮޅު ބައެއް ފަރާތްތަކަށް ދަޢުވާ ކުރުމާއި ފުލުހަށް ޙާޒިރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރައްވާތީއެވެ.

"ދައުލަތުގެ ނިޔަތް ތަޣައްޔަރުވެފައިވާ ވަރު ސަފާރީ އަދި ޑްރަގް ކޭސްތަކުން އެނގޭ. ބިރު ފަހަނައަޅަން ވަކާލާތުކުރި ފަރާތުގެ މުޅި ސްޓްރެޓެޖީ މިއޮތީ ބިރުގެންނެވުމުގެ މައްޗަށް،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.