ޓައިވާނުގެ ދެކުނުން އޮންނަ ސިޓީއެއްގައި ގޮލްފު ކުޅޭ ސާމާނު އުފައްދާ ފެކްޓްރީގައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަކެއް ބަޔަކު ގެއްލި އެކަކު މަރުވެއްޖެއެވެ.

އޮފިޝަލުން ބުނި ގޮތުގައި އެސަރަހައްދު ބާރުގަދަ ގޮވުމުގެ އަޑެއްއިވުނުކަމަށް މައުލޫމާތު ދިނެވެ.އަދި ޓިމުތައް ފޮނުވައި އަލިފާންގަނޑު ނިންވާލާފައިވާއިރު، އެ ފެކްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މީގެއިތުރުން ބުނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަޔާ ޑިޕާޓްމަންޓުން ކުރަމުންދާއިރު، އެސަރަހައްދު ރޯވުމުގެ ސަބަބުން އަނިޔާވި 100 އެއްހާ މީހުންނަށް ހޮސްޕިޓަލުގައި ފާރުވާ ދެމުން ދާކަމަށެވެ.

ޓައިވާންގެ އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ ފެކްޓްރީގައި ރޯ މެޓީރިއަލްގެ ގޮތުގައި ރަބަރު އަދި ޕެއިންޓް ބޭނުންކުރާ ކަމަށެވެ.