ކޯރަމް ހަމަނުވުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޯރަމް ހަމަ ކުރަން އޭރު މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެންބަރުންގެ އިތުރަށް 2 މެންބަރުން ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ފަހު ހަފްތާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކުޑަދަށުގައި ތިއްބެވުމަށް ފަހު މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ވަޑައިނުގަންނަވާތީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި އެމަނިކުފާނުވަނީ އޭގެފަހުން މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލެއްވިކަން އިއުލާން ކުރައްވައިފައެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ނިޒާމީ ވޯޓް ނެގުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިތުރު މައުލޫމާތު ހޯދަން އެދުނު ސިޓީއާ ގުޅޭ ގޮތުން މަޝްވަރާކުރުމާ ގުޅޭ މައްސަލައެވެ.