މާލޭއިން ސައިކަލެއް ވަގަށް ނެގި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އެ މީހާ ހޯދުބެ ބޭނުމުގައި ފުލުހުންވަނީ ވަގަށް ނަގާފައިވާ ސައިކަލު ދުއްވާފައި މީހަކުދާތަން ފެންނަ ވީޑިއޯއެއް އާންމުކޮށްފަައެވެ.

އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ވަގަށް ނެގި ސައިކަލު ދުއްވާފައި ދާ މަންޒަރެވެ. އެވީޑިއޯ ފުލުހުން އާންމުކޮށްފައިވަނީ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހާ ދެނެގަތުމަށެވެ.

https://youtu.be/I8ICDuD_ae8

މީގެ އިތުރުން ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.