މި މަހުގައި ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވި ހަތަރު ރަށެއްގެ 84 ގެއަކަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީ ފޯރުކޮށްދެއްވައިފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ ވިއްސާރައިގައި ގެއްލުންވެގެން ރިޕޯޓުކޮށްފައިވަނީ ޅ. ކުރެންދޫގެ 66 ގެއަކާއި، އއ. އުކުޅަހު 15 ގެއަކާއި އއ. ފެރިދޫ ގެއަކާއި ސ. ފޭދޫ ދެ ގެއަކަށް ކަމަށެވެ. މީގެތަކަށް ލިބުނު ގެއްލުން ވަޒަން ކުރުމަށްފަހު، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު ވެހުނު ބޯ ވާރެއާއެކު ކުރެންދޫގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިޔާގެ އެހީތެރިކަމާ އެކު ރަށުގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެ މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން އެންޑީއެމްއޭއިން ކޮށްފައި ވެއެވެ.