މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު13.24 ހާއިރު ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުޓީމުން އަލިފާން ނިއްވުމަށްޓަކައި މާފުއްޓަށް ދިއުމަށް ދަތުރު ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެހެން ލޯންޗަކުން ސަފާރީގައި ތިބި މީހުން ނަގާފައިވާކަމަށެވެ. ދި މިހާރު ސަފާރީން ދުން އަރާތަން ނުފެންނަ ކަމަށާއި، އާންމު ފަރާތަކުން ގުޅައި އެމައުލޫމާތު ދީފައިވާކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.