މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރުން ރީނދޫ ސަމާލު ނެރެފައިވަނީ ށ .އަތޮޅުން ފެށިގެން ވ.އަތޮޅަށެވެ. މި ސަމާލު ނެރެފައިވަނީ 13:30 އިން ފެށިގެން ހަވީރު 17:00 އަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.