ސަރުކާރު ބަންދުވިޔަސް މިއަދާއި މާދަމާ ވެސް އައިޑީ ކާޑު ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނެފިއެވެ.
ޑީއެންއާރުން ނެރުނު ބަޔާނެއްގައި ބުނީ މި ދެ ދުވަހު ދޫކުރާނީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓުލުމަށް ބޭނުންވާ 18 އަހަރުން މަތީގެ ފަރާތްތަކުގެ އައިޑީކާޑުތައް ކަމަށެވެ.
މީގެއިތުރުން މިއަދާއި މާދަމާ އައިޑީކާޑުތައް ދޫކުރާނީ ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް ކަމަށް ޑީއެންއާރުން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހުއެވެ.