ފިލައިގެން އުތުރުކޮރިޔާއަށް ދިޔަ އެމެރިކާގެ ސިފައިންގެ މީހާ ޓްރެވިސް ކިންގް އުތުރުކޮރެއާގެ ވެރިރަށް، ޕިއޮންޔަންގް އިން ބޭރު ކޮށްލައި ރަސްމީ ޗެނަލެއްގެ ތެރެއިން އެމެރިކާއާ ހަވާލު ކޮށްފިއެވެ.

އުމުރުން 23 އަހަރުގެ މިލިޓަރީ އޮބްޒަވޭޝަން ސްޕެޝަލިސްޓް ގަވައިދާ ހިލާފަށް އުތުރު ކޮރެއާއަށް ގޮސްފައިވަނީ ސިފައިންގެ ޔުނިޓް ރޮޓޭޝަނެއްގައި ޖުލައި މަހުގައެވެ.

އުތުރު ކޮރެއާގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި އެމީހާ އެތަނުން ފިލައިގެން ދިޔައީ އެމެރިކާގެ އަސްކަރިއްޔާގެ ތެރޭ އޮތް ލާއިންސާނީ އަމަލުތަކާއި ނަސްލީ ތަފާތު ކުރުންތައް ބޮޑުވުމުގެ ސަބަބުން އެކަމަށް ފިލުމަށެވެ.

ދަނޑޮންގްގައި އެމެރިކާގެ އޮފިޝަލުންނާ ބައްދަލު ކުރުވުމަށްފަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މަތިންދާބޯޓެއްގައި ކިންގް، ބުދަ ދުވަހުގައި ގެންދިޔައީ ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އެއާބޭސްއަކަށެވެ.

ކިންގް އަކީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންގެ ތެރޭގައި ހަރަކާތްތެރި ވަމުން އަންނަ ޒުވާނެކެވެ. އޭނާ އުތުރު ކޮރެއާއަށް ވަނުމަށްޓަކައި އެ ގައުމުގެ ދެ މީހަކަށް ހަމަލާދީ ފުލުހުންގެ ކާރަކަށް ގެއްލުން ދީފައިވެއެވެ. އެ ކަމުގެ ތުހުމަތުގައި އޭނާ ވަނީ ދެ މަސް ދުވަހުގެ ބަންދެއް ފުރިހަމަކޮށްފައެވެ.