ގދ ފަރެސްމާތޮޑާގެ ބަނދަރުން ފަރެސްމާތޮޑާ އެއާޕޯޓުަށް ގެންގޮސްދޭނެ ތާރަ މަގު ހެދުމަށް މަގު ހަދާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރެސްމާތޮޑާ ރަށު ކައުންސިލުން ބުނީ މި މަގު ހިއްކުމަށް ފަހު މަގު ހަދާ ޖިއޯ ބޭގް ޖަހައި، ރައްކާތެރިކޮށް، މުޅިން އެއްކޮށް ފަސް ވަރަކަށް މަސް ތެރޭ ނިންމާލެވޭނެ ކަމަށެވެ.

މިމަގަކީ އެއްކިލޯ މީޓަރ ދިގު، 30 ފޫޓު ފުޅާ މަގެކެވެ.

ފަރެސްމާތޮޑާ ޖެޓީ ސަރަހައްދުގައި ހުންނަ ވައިކިން ފިހާރަ ހުރި ހިސާބުން ފެށިގެން ފަރެސްމާތޮޑާ އެއާޕޯޓް ކޯޒްވޭ އާ ހަމައަށް މިމަގު ހެދިގެން ދާނެކަމަށް ވަނީ މައުލޫމާތި ދީފައެވެ.