ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށި، މިހާތަނަށް 126،866 މީހުން ވޯޓު ލައިފިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަދުގެ 12 ޖެހުމާއި ހަމައަށް ޖުމްލަ 12،866 މީހުން ވަނީ ވޯޓުލާފައިވާއިރު އޭގެތެރެއިން ގިނައީ ފިރިހެނުންނެވެ.އެއީ 65،523 ފިރިހެނުންނާއި 61،343 އަންހެނުންނެވެ.އިންސައްތައަށް ބަލައިފިނަމަ އެއީ 23.17 އިންސައްތަ ފިރިހެނުންނާއި 21.69 އިންސައްތަ އަންހެނުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން ފެށިގެން ފުރަތަމަ ދެ ގަޑިއިރު ތެރޭގައި ވޯޓުލީ 36 ހާސް މީހުންނެވެ. އީސީއިން ބުނެފައިވާ ގޮތުގައި، އެ ދުވަހުގެ 10:00ގެ ނިޔަލަށް ވޯޓު ލާފައި ވަނީ ޖުމުލަ 36163 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުންނެވެ.