ރަސްމީ ބަންދު ދުވަހަކަށް ވިޔަސް މާދަމާއަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފިއެވެ.

މަޖިލިސް އިދާރާއިން ބުނީ މާދަމާއަކީ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް ރައްޔިތުންގެ މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށާއި މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާޣައި ނިޒާމީ ވޯޓާބެހޭ ބަހުސް ހިމެނެއެވެ.

މާދަމާ ބާއްވާ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގެ އެޖެންޑާ

ޖަލްސާ ފެށުން ހެނދުނު 9:00 ގައި

  1. ޙަމްދު ޞަލަވާތް "بسم هللا الرحمن الرحيم، الحمد هلل والصالة والسالم على رسول هللا وعلى آله وصحبه ومنوااله - މަޖިލިސް ފެށުނީ".
  2. ޖަލްސާ ގެ ހާޒިރީ އިއްވުން
  3. ދުވަހުގެ އެޖެންޑާ އިއުލާން ކުރުން 1-3 އެޖެންޑާ އިޢުލާންކުރުން (އެޖެންޑާ ނަންބަރ: އޖ/ 7/3/2023)
  4. ރިޔާސަތުން އަންގާ އެންގުން.
  5. މަޖިލީހަށް ތައާރަފު ކުރަންޖެހޭ ބިލު 5.1 މާފަންނު އުތުރު ދާއިރާ ގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު.
  6. މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން 6.1 ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވ ޤަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ.
  7. އިބްތިދާއީ ބަހުސް 7.1 ހުޅުދޫ ދާއިރާ ގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު 7.2 ސަރުކާރުގެ ފަރާތުނ،ް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު.
  8. ވޯޓަށް އެހުމަށް ހުރި ކަންކަމަށް ވޯޓަށް އެހުން 8.1 ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމި ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން.
  9. އިތުރު އެހެން މަސައްކަތް
  10. ނިންމުން "والحمد لله ربه العالمين" - މަޖިލިސް ނިމުނީ

މާދަމާ މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގައި ގޮތުގައި އެޖެންޑާ ކޮށްފައި ވަނީ އެންމެ ކަމެކެވެ. އެއީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް މަޖިލީހުން ފާސް ކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލައެވެ.