އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި އެގައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީސް މީޑިއާ ޕްލެޓްފޯމެއްކަމުގައިވާ އެކްސްގައި ރައސް ކުރެއްވި މެސެޖުގައި، އެމަނިކުފާނު އަމިއްލަ ނަންފުޅުގައި އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެމަނިކުފާނު ވަނީ 'ރިސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް' ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި ދަތުރުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ހެޔޮހާލުގައި އަވަހަށް ފެނުމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.