ވަޅިއަކުން ދެ ފުލުހަކަށް ބިރު ދެއްކި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 10:00 ހާއިރު ކުލަހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހެއްކަމަށެވެ.

ނަމަވެސް އެ މީހުން ވަޅިން ބިރު ދެއްކީ ކީއްވެގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރި ގޮތާ މެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން އެކަން ބަލަމުންދާ ކަމަށެވެ.