މާލޭގެ ބޮޑު ސަރަައްދެއްގައި ފެންބޮޑުވެގެން، ފެން ހިއްކުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

ރޭ ވެހުނު ވާރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގާއުޅޭ މީހުންނަށާއި ދުއްވާތަކެއްޗަށްވެސް ދަތިވާ ވަރަށް ފެންބޮޑުވެފައެވެ. ރޭގައި މަގުތަކުގައި ފެންބޮޑުވެފައި އޮތް މިންވަރުން، ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ކިތަންމެ ވިޔަފާރީގެ ގޮތުން ރަނގަޅުވީ ކަމުގައި ވިޔަސް ރައްކާތެރިކަމަކަށް ނުވާތީ ދުއްވުން ހުއްޓާލާފައެވެ.

ރޭގެ ވިއްސާރައިގައި ފެންބޮޑުވި މަގުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ވަނީ ހަރަކާތްތެރިވެ، މަގުތަކުން ފެން ހިއްކާފައެވެ.

ފޮޓޯ؛ އެމްއެންޑީއެފް

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އަމީނީ މަގާއި ކަނބާއައިސާ ރަނި ހިނގުން ގުޅޭ ކަންމަތި އަދި ތާޖުއްދީން ހިނގުމުގައި ފެން ބޮޑުވެގެން، ފެން ހިއްކުމުގައި ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ހަރަކާތްތެރިވެފައެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ.