ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކޮށްފި

0

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

Advertisement

މިއަދު ހުވައިކޮށްފައިވަނީ 50 ފުލުހުންނާއި  ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންގެ ޚިދުމަތާ ގުޅުނު 16 ފުލުހުންނެވެ. ހުވައިކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާހުރެ ކުރިން ހުވައި ނުކުރެވި ވާ ފުލުހުންނެވެ.

ހުވައިކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ހުވައިގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ

ޚަބަރު: ޕޮލިސްލައިފް ވެބްސައިޓް

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here