ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

މީޓިއޮރޮލިޖިކަލް ސަރވިސްއިން ބުނީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މެޓުގެ އިތުރުން ފުލުހުންގެ މުއައްސަސާއިން ވެސް ވަނީ އެއްގަމު އުޅަނދު ދުއްވާއިރުގައްޔާއި ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ

މީޓިއޮރޮލިޖިކަލް ސަރވިސްއިން ވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅަށް މިއަދުގެ 13:00 ގެ ނިޔަލަށް ހުދު ސަމާލު ވެސް ނެރެފައެވެ. .